މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން އެ މީހުންގެ ވަނަވަރު އާންމު ކޮށްފައިވަނީ ރޭ މީޑިއާތަކަށް ފޮނުވި މެސެއްޖައެވެ.
ފުލުހުން ބުނީ މި މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މާލެ/ ގ.ލިޓޯނިއާ، ޝައްމާނު ވަހީދު (36އ) ހިމެނޭހެން 5 މީހަކު ފުލުހުންގެ ހައްޔަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ:
މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް
ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު
ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާންގެ
މާލެ/ މ. ހަޒާރީވިލާ، އަހުމަދު ލައްސާނު (40)
ކަމަށެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކުރި މިއަދުގެ ވަގުތެއްގައެވެ.
މި މީހުންގެ ތެރެއިން ޝައްމާނުގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައިއެވެ.
އަދި ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އޮފިސަރުންނަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފައެވެ.

