ރަމަޟާންމަހުގެ ފަހު 10 މި ފެށުނީއެވެ.

މި މާތް މައްސަރުގައި ލައްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ލައިލަތުލްޤަދުރި ވިލޭރޭ، މި މައްސަރުގައި ލައްވައިފައިވުމެވެ.

އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މާތް ރެއެކެވެ.

ތަފްސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި، އެ މާތް ރެއަކީ ކުރިއަށް އޮންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭކަމަށެވެ.

 

އެހެންކަމުން އެރެއަށް ”ލައިލަތުލްޤަދްރި“ މިނަން ދެވިގެންވާކަމަށެވެ.

ހަމަ އެހެންމެ އެރެއަކީ ކީރިތި ޤުރުއާން ބާއްވާވައިލެއްވުނު މަތިވެރި ރޭކަންވެސް ފާހަގަ ކުރެއްވިއެވެ.

މާތް ﷲ އެރެއާ ބެގޮތުން ކީރިތި ޤުރުއާންގައި ސޫރަތެއް ވެސް ބާއްވާލެއްވިއެވެ. އެއީ ”ޤަަދުރު“ ސޫރަތެވެ.

ތިރީގައި މި ބަޔާން ކުރަނީ ލައިލަތުލްޤަދްރި ވިލޭރޭގައި ގިނައިން ކިޔުއްވުމަށް މާތް ރަސޫލާ(ސ.އ.ވ) އިރުޝާދު ދެއްވި ދުޢާ އެކެވެ.

اللهم انك عفو تحب العفو فاعف عنى

ދުއާ މާނަ: މާތް ރަސްކަލާކޯ! އިބަ ރަސްކަލާނގެއީ ފާފަ ފުއްސަވާ އަދި ފާފަ ފުއްސެވުމަށް ލޯބި ކުރައްވާ ރަސްކަލާނގެއެވެ. މި އަޅާގެ ފާފަ ފުއްސަވާނދޭވެ!