ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by Asuru

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާއެއް ހެދުމާއި އެލެވޭޓެޑް ޕާތުވޭ ހެދުމުގެ އިތުރުން ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެެއެވެ.