ސޮއި ނުކުރާ ޔައުމިއްޔާއެކޭ ރައީސް އޮފީހުގައި ހުރި ޓިޝޫއެކޭ ތަފާތެއް ނެތް ކަަމަށް ޕީޕީއެމްގެ ސެނެޓަރ އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް(އީ.ވައި.ސީ) ގެ ބައްދަލުވުމެއްގެ ޔައުމިއްޔާ އަކީ ސައްހަ އެއްޗެއް ނޫން ކަމަށް، އާރަށު މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކިން ވަނީ ފާހަގަކުރައްވާފައެވެ.

ޔައުމިއްޔާގައި ސޮއެ ނުކޮށް އޮތްކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ، ސޮއެ ނުކޮށް އޮތް އެއްޗެއް ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅުއްވުމުން، އޭނާ ހައިރާންވެވަޑައިގަންނަވާ ކަމުގައެވެ. އަދި އީވައިސީގެ ޔައުމިއްޔާތަކުގައި އަބަދުވެސް މެމްބަރުން ސޮއި ކުރައްވަމުން އައިކަން މަލީހު ފާހަގަވެސް ކުރެއްވިއެވެ.

”ސޮއެ ނުކުރާ ޔައުމިއްޔާއެކޭ ރައީސް އޮފީހުގެ ފާޚާނާގައި ހުރި ޓިޝޫ އެކޭ ތަފާތެއް ނެތް.“ ރައީސް ޔާމީންގެ ވެރިކަމުގައި، ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ވިދާޅުވިއެވެ.

މިއަދު ނެގި ތިން ހެކީންނާއެކު ވަނީ އާރަށް މައްސަލައިގައި ޝަފައީ ހެކީންގެ ހެކިބަސް ނަގައި ނިމިފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެކެވެ. އެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ.