އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ފުލުހުން ހޯދަމުން އެބަދެއެވެ.
މިއީ ހޮވައިގެން ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
އަދި ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، މި މަހުގެ 19 ވަނަ ދުވަހު ވިލިމާލޭ މަންފާގެ ކުރިމަތިން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް ހިމެނެއެވެ.
މި ތަކެތީގެ ވެރިފަރާތްތަކުން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9393351 އަށާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9833000 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މީގެއިތުރުން، ތަކެތީގެ ވެރިފަރާތްތަކުން އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއެކު، ކަމާގުޅޭ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުންގެ ވަނީ އެދިފައެވެ.

