ފުޓްބޯޅައާއި، ވޮލީ ބޯޅައާއި ހޭންޑް ބޯލްއާއި ފުޓްސެލް ފަދަ އެތައް ކުޅިވަރަކުން ފެށިގެންގޮސް ދުވެލާން ނުކުމެލުން ފަދަ ހަރަކާތެއް ވެސް ތިބާގެ ނަން ފަވާލެވިފައިވާ ޖާޒީއަކާއި ނުލައި ފުރިހަމައެއް ނުވެއެވެ.

އެހެންވެ، ކިޔައިދޭން މި އުޅެނީ ކުރު މުއްދަތެއްގެ ތެރޭގައި، ކޮލިޓީ، އަދި އެހައިމެ ބަލައިލަން ހިތްގައިމު ޖާޒީ ތައްޔާރުކޮށްދޭ ”ކިޓް ކިންގްސް“ގެ ”ކުޅަދާނަ“ ވާހަކައެވެ.

ބޭނުން ކުލައަކުން، ބޭނުންވާ ޑިޒައިނަކަށް، އެދުނު ތާރީހަކަށް ސްޕޯޓްސްވެއާ ތައްޔާރު ކުރާ ”ކިޓް ކިންގްސް“ ޔަގީނުން ވެސް، ތިބާ މާޔޫސްވިޔަކަ ނުދޭނެއެވެ.

 

ކިޓް ކިންގްސް އިން ތައްޔާރުކުރި ޖާޒީތަކެއް

ކާމިޔާބީގެ ހުވަފެންތައް ދެކޭ ހާއްސަ މުބާރާތަކަށް ތައްޔާރުވަމުންދާއިރު، މުޅި ޓީމުގެ އައިޑެންޓިޓީގެ ރަމްޒު ކަމުގައިވާ ޖާޒީ ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ތިޔަ ކުރާ މަސައްކަތް ”ކިޓް ކިންގްސް“އާ ހަމައަށް ހުއްޓައިލާށެވެ. އިތުބާރާއި ހަލުވި ދުވެއްޔާއިއެކު، ބޭނުންވާ ތާރީހަށް މަސައްކަތް ނިންމައިދިނުމުގައި އެއީ އެފަދަ ދެވަނައެއް ނެތް ބައެކެވެ.

”ގިނައިން ރިސޯޓުތަކަށް ކޭޓަރ ކުރެވިފައި ހުރިއިރު، ދެ ވަނަ ފަހަރަށް ވެސް އަޅުގަނޑުމެންނަށް އޯޑަރު ދޭ ކަސްޓަމަރުން މަދެއް ނޫން.“ ކިޓް ކިންގްސް އިން ބުންޏެވެ.

 

ޖާޒީ ބައި ކިޓް ކިންގްސް

އުމުރުން އަދި ހަގު ވިޔަސް ”ކިޓް ކިންގްސް“ އިން މިހާރު ވެސް ކަސްޓަމަރުންގެ އިތުބާރު ހޯދައިފިއެވެ. ޗާލު ޑިޒައިންތަކުގެ ޖާޒީތައް ފަރިކުރަމުން އެދަނީ، ކަސްޓަމަރުން ދެވަނަ ފަހަރު ވެސް ހިދުމަތް ހޯދަން އަންނާނެ ގޮތަށެވެ.

ކިޓް ކިންގްސްއިން ތައްޔާރުކުރި ޖާޒީއެއް

އެތަނުން ހިދުމަތް ދެނީ އެކި މެޓީރިއަލްތަކުގައި، އާއްމުކޮށް ޖާޒީ ވިއްކާ އަގުގައެވެ. ތިރީގައި މިވަނީ ކިޓް ކިންގްސް އިން ސްޕޯޓްސްވެއާ ތައްޔާރު ކުރާ މެޓީރިއަލްތަކެވެ. ޖާޒީ އުފައްދައިގެން ގެނައުމުގެ މަސައްކަތް މީގެ ކުރިން ކުރަމުންދިޔައީ ލަންކާއިންނެވެ. ނަމަވެސް މިއީ މިހާރު ސީދާ މާލޭގައި ކުރާ މަސައްކަތަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ހިދުމަތް ދިނުން ބޮޑުތަނުން އަވަސްވެ، ބައެއް އޯޑަރުތައް އެންމެ ދެ ދުވަސް ތެރޭގައި ނިންމައި، ސަޕްލައިކުރެވިފައިވާ ކަމަށް ކިޓް ކިންގްސް އިން ބުނެއެވެ.

 

ކިޓް ކިންގްސްގެ އުމުރުން މިވީ އެންމެ ހައެއްކަ މަސް ދުވަސް ތެރޭގައި، ފާހަގަކޮށްލެވޭ ކުޅިވަރު މުބާރާތްތަކެއްގެ ބައިވެރިންނަށް ޖާޒީ ތައްޔާރުކޮށްދީފައިވެއެވެ.

އެގޮތުން، ”ގދ.އަތޮޅު ކައުންސިލް ވޮލީ ބޯލް ޓޯނަމެންޓް 2024“ ގައި، އެ އަތޮޅު ރަތަފަންދޫ ޓީމުގެ ޖާޒީ ތައްޔާރުކޮށް، މި އަހަރުގެ ފޯރިގަދަ ގޯލްޑަން ފުޓްސެލް ޗެލެންޖުގައި ބައިވެރިވި ހއ ފިއްލަދޫ ޓީމުގެ ޖާޒީ ވެސް ތައްޔާރުކޮށްދިނީ ކިޓް ކިންގްސް އިންނެވެ.

މީގެ އިތުރުން އެތަނުން ދިދަ ވެސް ޑިޒައިންކޮށް ތައްޔާރުކޮށްދެއެވެ.އަދި އެކި ކުޅިވަރުތަކަށް ލޯބިކޮށް، އެކި ޓީމުތަކާ ކުޅުންތެރިންގެ ފޭނުންނަށް ހާއްސަކޮށް، ކަސްޓަމައިޒްޑް ޖާޒީ ވެސް އުފައްދައިދެއެވެ.ކިޓް ކިންގްސް އިން ބުނީ، އެ ތަނުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ކުޅުންތެރިންނަށް ބޭނުންވާ ސޮކްސް ފަދަ ތަކެތި ވެސް އަމިއްލަ ބްރޭންޑްގެ ދަށުން ވިއްކަން ފަށައި، ރާއްޖޭގެ ފާހަގަކޮށްލެވޭ، އެންމެން ވެސް ދަންނަ، އަދި އިތުބާރު ކުރާ ބްރޭންޑެއްގެ ގޮތުގައި ވިދާލުން ކަމަށެވެ.

 

ގދ.އަތޮޅު ވޮލީ ބޯޅަ ޓޯނަމެންޓުގައި ބައިވެރިވި ރަތަފަންދޫ ޓީމުގެ ޖާޒީ ތައްޔާރުކޮށްދިނީ ކިޓްސް ކިންގްސް އިން.

އެތަނުން ހިދުމަތް ހޯދަން ބޭނުންވާނަމަ، ފޭސްބުކް ޕޭޖު ނުވަތަ އިންސްޓެގްރާމް ޕޭޖަށް ސީދާ މެސެޖެއް ފޮނުވައިލާށެވެ. ނުވަތަ 9777826/ 9472006 އަށް ގުޅައިލައި، ވަޓްސްއެޕް ކޮށްލާށެވެ.