ތިން ރަށެއްގެ ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތް ނޭޝަނަލް ޑްރަގް އެޖެންސީން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކޮށްފިއެވެ.

އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައި ކޮމިއުނިޓޯ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުތައް އިމާރާތް ކުރުމުގެ މަސައްކަތެވެ.

މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތައް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުގައި ހިމެނިގެން ކުރެވޭ މަސައްކަތެކެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް، ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.