ވެރިރަށް މާލޭގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ، މާލެ މައްޗަންގޯޅީގައި ހުންނަ ގެއެއްގައި ހަބަރެއް ނެތި މީހަކު އޮތް ކަމުގެ މައުލޫމާތު ރޭ 12:22 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެ މިހާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެެވެ.

