ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ޑްރޯން ޝޯއެއް ބާއްވައި، ހަވާ ވެސް އަރުވައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ހަރަކާތްތަކުގެ ތެރެއިން ޑްރޯން ޝޯ ބާއްވާފައިވަނީ ސެންޓްރަލް ޕާކުގައި ރޭ 08:30 ގައެވެ.

އެގޮތުން 30 މިނެޓަށް އެ ޝޯ ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

 

ޑްރޯން ޝޯގައި އިސްލާމް ދީނާ ގުޅުން ހުރި ބައެއް މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތުގެ އިތުރުން އެޗްޑީސީއާ ގުޅުން ހުރި މަންޒަރުތައް ފެނިގެންދިޔައެވެ.

މީގެ އިތުރުން ފަލަސްތީނުގެ މުސްލިމުންގެ ހަނދާން އާކުރުމުގެ ގޮތުން، ފަލަސްތީނުގެ ދިދަ ހިތެއްގެ ސިފައިގައި ވަނީ ދައްކާލާފައެވެ. އޭގެފަހުން ސެންޓްރަލް ޕާކުގައި ވަނީ ހަވާ ވެސް އަރުވާފައެވެ.