އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އަނެހެންމީހާ މިރޭ ނިޔާވެއްޖެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނީ މި އަންހެން މީހާ ނިޔާވެފައިވަނީ މިރޭ 19:17 ހާއިރު ކަމަށެވެ.

އޭނާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. މި ހާދިސާގައި އަންހެން މީހާގެ އިތުރުން ޒަހަމްވެފައިވަނީ އޭނާގެ ފިރިމީހާއެވެ.

މި ދެ މީހުންނަކީ ވެސް 31 އަހަރުގެ ދެ މީހުންނެވެ.

އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ 78 އިންސައްތަ ވަނީ ފިހިފައެވެ.

ފިހުނު ފިރިހެންމީހާގެ ހާލު ސީރިއަސްއެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ.

ފުލުހުންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.