ހދ.ހަނިމާދޫ އެއާޕޯޓް ތަރައްގީ ކޮށްދޭ އަގު ކަމުގައިވާ، 2.1 ބިލިއަން ރުފިޔާއަށް ތިން އެއާޕޯޓް ތަރައްގީ ކުރެވޭނެ ކަމަށް ކުރީގެ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސްއާ ވަނީ ހަވާލު ކޮށްފައެވެ. އެކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ 136.6 މިލިއަން ޑޮލަރަށެވެ. އެއީ 2.1 ބިލިއަން ރުފިޔާއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރަކަށް ހުންނެވި ތޯރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަގަށް ތިން އެއާޕޯޓު ތަރައްގީ ކުރެވިދާނެ ކަމަށެވެ.
”މިއީ ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ދިވެހިންނަށް ބުރަ އުފުލަންޖެހޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް“ ތޯރިގު ވިދާޅުވިއެވެ.
ހަނިމާދު އެއާޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އަގު ކަމައްވާ 2.1 ބިލިއަން ރުފިޔާ އަކީ ގާތްގަނޑަކައް މިކަހަލަ 3 އެއާޕޯޓް ތަރައްގީ ކުރެވޭނެ ވަރުގެ އަގެއް. މިއީ މި ސަރުކާރުން ވަރައް ޒިންމާދާރުކަން ކުޑަކޮއް، ދިވެހިންނައް ބުރަ އުފުލަންޖެހޭ ގޮތައް ކުރިއައް ގެންދާ ޕްރޮޖެކްޓެއް! pic.twitter.com/bQVvqQxiz9
— Thoriq Ibrahim (@Thoriqibrahim) September 25, 2022
އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ނުވަތަ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މަޝްރޫއު ނިންމައި، 2024 ވަނަ އަހަރުގައި ހިދުމަތް ދެވޭނެ ކަމަށެވެ.