ކ ކާށިދޫ އާއި ހއ ކެލާގެ ފަޅުތެރޭގައި ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ކާށިދޫ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 15 އެޕްރީލު ވާ އަންގާރަ ދުވަހުގެ 10:00 ގައި އަދި 06 މޭ ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 5 ޖޫން ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް އެދިފައިވެއެވެ.

އަދި ކެލާ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 15 އެޕްރީލު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަދި 06 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 5 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އެދިފައި ވެއެވެ.

ކާށިދޫ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި އޭޕްރީލް ‏14 ވާ ހޯމަ ދުވަސް އަދި މެއިމަހުގެ 05 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު އީމެއިލް ކުރެއްވުމަށް އިއުލާނުގައި އެދިފައިވާއިރު، ކެލާ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 14 އެޕްރީލު  ވާ ހޯމަ ދުވަސް އަދި 05 މޭ ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

ހއ ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުސޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ.

މީގެއިތުރުން ކާށިދޫ ފަޅުގެ ތެރެއިން 115.21 ހެކްޓަރުގެ ފަޅުގެ ސަރަހައްދެއްގައިވެސް ބީލަމުގެ އުސޫލުން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ ހުޅުވާލާފައެވެ.