ޖީލަކަށް ސިނގިރޭޓު މަނަކުރުން ނުވަތަ ޖެނެރޭޝަނަލް ބޭން އާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ހިޔާލަށް އެދިވަޑަގަންނަވައިފިއެވެ.

”ޖެނަރޭޝަން ބޭން“ގެ ވާހަކަ އެންމެ ފުރަތަމަ އެމަނިކުފާނު އިއުލާނުކުރެއްވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އިއްޔެ ބޭއްވި ދެވަނަ ޕޮޑްކާސްޓުގައި ޖެނަރޭޝަން ބޭން އާ ގުޅިގެން ރައީސް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރު ފުރުމުން ނުވަތަ ޒުވާން އުމުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

އެއީ:

ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.

އެއީ މިހާރު އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

މި ހުށަހެޅުންތަކާ ގުޅިގެން ރައީސްގެ އެކްސް އެކައުންޓުގައި އާންމުންގެ ހިޔާލު ހޯއްދެވުމަށްޓަކައި މިއަދު ވަނީ ޕޯލްއެއް ހުޅުއްވާފައެވެ.