އއ. ހިމަންދޫގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް ހިނގައްޖެއެވެ.

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައިވަނީ އއ އަތޮޅާއި މާލެ އާއިދެމެދު ދަތުރުކުރާ ކައެލްވިންގް ކިޔާ 50 މީހުންގެ ޖާގައި ލޯންޗެއްގައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހެޅީ، މިއަދު ފަތިހު 5:50ހާއިރު ކަމަށެވެ. ލޯންޗުގައި ރޯވި އަލިފާން ނިއްވައިލެވުނީ، ފުލުހުންނާއި ރަށު ކައުންސިލާއި އާއްމުން ކުރި މަސައްކަތުން ހެނދުނު 6:26 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ކެޕްޓަންއާއި، ދެ ފަޅުވެރިންނާއެކު ކުޑަ ކުއްޖެއް ވެސް ހުއްޓެވެ.

އަލިފާންރޯވި ލޯންޗު ބޭނުން ނުކުރެވޭ ވަރަށް އަނދައި، އަޑިއަށް ގޮސްފައިވާއިރު، ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.