އިމިގްރޭޝަނުން މާލޭގެ ކެފޭއެއްގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށްގެންގޮސް، ބިދޭސީންތަކެއް ހިފަހައްޓައިފިއެވެ.

އެ އިދާރާ އިން ބުނީ، ރޭ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ ވަނީ މާލޭގައި ހުންނަ ކެފޭއެއް ބަލައިފާސްކޮށްފައި. އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.“ އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހުއްޓުވުމަށް މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި އެކަނި ވެސް، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5000 ‏ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.