ދިވެހި ވަރަށް ގިނަ ކެއުންތައް ތައްޔާރު ކުރުމަށް ބޭނުންކުރާ އިނގުރުން ވަރަށް ގިނަ ފައިދާތައް ލިބެއެވެ. އިނގުރު މާ ގިނައިން ބޭނުންކުރުމަކީ ބައެއް މީހުންނަށް އެންމެ އެކަށީގެންވާ ގޮތަކަށް ނުވެދާނެއެވެ.

މިގޮތުން މާބަނޑުވެ ވިހަން ކައިރިވެފައިވާ މީހުންނާއި، ކުރިން ބައިގެންގޮސްފައިވާ މީހުން އިނގުރު ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ.

އިނގުރުން ލިބޭ ބައެއް ފައިދާތަކަށް ބަލާއިރު؛

މޭނުބައިކުރުން/ހޮޑުލުން ދުރުކޮށްދިނުން:

މިއީ މާބަނޑު އަންހެނުން އަދި ކީމޯތެރަޕީގެ ފަރުވާ އަށް ފަހުގައި ވެސް ގިނަ މީހުންނަށް ދިމާވާ އުނދަގުލެކެވެ. އިނގުރު ސައި ބުއިމަކީ މި މައްސަލައަށް އޮތް ހައްލެއް ކަމަށް ސިއްހީ ލިޔުންތަކުގައިވެއެވެ.

ބަރުދަން ލުއި ކުރުމަށް އެހީވެދޭ:

އިނގުރުގައި ހިމެނޭ ”އިންފްލޭޝަން“ ދަށްކޮށްދިނުމުގެ ސިފައިގެ ސަބަބުން، މިއީ ބަރުދަން ލުއި ކުރުމަށް މަގުފަހި ކުރާ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ޕީރިއަޑް ތަދު ކުޑަކޮށްދޭ:

ޕީރިއަޑް ވުމުން ދަށްބަނޑުގައި ރިއްސުމަކީ ވަރަށް ގިނަ އަންހެނުންނަށް ދިމާވާ މައްސަލައެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މިގޮތަށް ބަނޑުގައި ރިއްސާނަމަ، ފާމަސީއަކުން ބޭސް ގަތުމަށްވުރެ ބޮޑަށް ރަނގަޅީ އިނގުރު ފެން ނުވަތަ ސައި ތައްޓެއް ބޯލުމެވެ.

ކެންސަރު ރިސްކު ކުޑަކޮށްދިނުން:

އިނގުރުގައި އެކުލެވިގެންވާ ބައެއް މާއްދާތަކުގެ ސަބަބުން ބައެއް ވައްތަރުގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ. އެގޮތުން އިނގުރު ބޭނުން ކުރުމުން، ކޮލޮރެކްޓަލް، އަދި ލިވަރ ކެންސަރާ ދުރުކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.