އަންގާރަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މެޓުން ހާމަކުރެއެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބައެެއް ރަށްތަކަށް ކެރީގެ އަަސަރު ފޯރާނެކަމަށާއި، ގުގުރުން އެކަށީގެންވާކަމަށެވެ.

ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް އެއިދާރާއިން ބުންޏެވެ.

މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަަމަށް ލަފާކުރެވޭކަމަށެވެ.

ނަމަވެސް ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށާއި ރާޅުގެ އުސްމިނުގައި ހުންނާނީ 1 ފޫޓާއި 3 ފޫޓާއި ދެމެދުކަމަށް އެއިދާރާއިން ލަފާކުރެއެވެ.