މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސް އެކޭ އެއްގޮތަށް ހެނދުނު 8 އިން މެންދުރު 2 އަށް ބަދަލުކޮށްފިއެވެ.

އެ މުއައްސަސާއިން ބުނީ، މި ބަދަލަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށެވެ.

މިހާތަނަށް އައިއިރު، އިމިގްރޭޝަންގެ ރަސްމީ މަސައްކަތު ގަޑިއަކީ  ހެނދުނު 8 އިން ހަވީރު 4އެވެ.

ރަސްމީ މަސައްކަތު ގަޑި މިއަދުން ފެށިގެން 8 އިން މެންދުރު 2 އަށް ބަދަލުކުރި ނަމަވެސް މިހާރު ވެސް ހިދުމަތް ދޭ ގަޑިތަކުގައި ހިދުމަތްތައް ދޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އޭގެ ތެރޭގައި ޕާސްޕޯޓު ހެއްދުމާ ގުޅޭ ހުރިހާ ހިދުމަތެއް ވެސް ހިމެނެއެވެ.