މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެއިން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މިކަން ހާމަކޮށް ދެންމެ އެމްއެންޑީއެފްއިން ބުނީ މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އައިޖީއެމް ހޮސްޕިޓަލު ސަރަހައްދާއި ވެސްޓް ޕާކާއި، މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަން އެމްއެންޑީއެފްއިން ބުނެއެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.

އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ ހެނދުނު 9:45 އިން މެންދުރު 3:30 އާ ހަމައަށެވެ.