އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ޖުލައިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި އިއުލާނުގެ ދަށުން މުވައްޒަފުން ނަގަމުންދާނީ، ވަޒީފާއަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމަށްފަހު މެރިޓް އުސޫލުން ކަމަށްވެސް ހޮސްޕިޓަލުގެ އިއުލާނުގައި ވެއެވެ.

ނަރުހުންގެ ގޮތުގައި ނަގާ މި މުވައްޒަފުންނަށް މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު -/11،428 ރުފިޔާ އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު -/5333 ރުފިޔާގެ އިތުރުން ހާޒިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް މަހަކު -/144 ރުފިޔާ ލިބޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި މި ވަޒީފާއަށް ނަގާ ފަރާތްތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާވެސް ލިބޭނެއެވެ.