ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުންވފުލުހުން ބުނީ، މި މީހުން އަތުލައިގެންފައި ވަނީ ރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އުޅަނދުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 54 ފުޅި ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
އަދި އެ ވެހިކަލް ޓޯކުރުމަށްފަހު އެތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

