މަޝްހޫރު ދީނީ އިލްމުވެރިޔާ، އިސްމާއީލް އިބްނު މޫސާ މެންކު، ނުވަތަ މަޝްހޫރު ނަމުން ނަމަ ”މުފްތީ މެންކް“ އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެެއެވެ.

Ads by Asuru

މީގެ ކުރިންވެސް ދެ ފަހަރަކު މުފްތީ މެންކު ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވެެެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މުފްތީ މެންކު އަންނަ މަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެނބުރި ވަޑައިގަންނަވާނީ އަންނަ މަހުގެ 31 ގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ މުފްތީ މެންކު ނިސްބަތްވެވަޑައިގަންނަވަނީ ޒިމްބާބްވޭއަށެވެ.