ކ. ތުނބަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެއެވެ.

ތުނބަފުށި ނުވަތަ ޗަމްޕާގިރިއަކީ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަށް މަސްވެރިކަމާ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފްއިން ބުނީ ކ. ތުނބަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އަދި ފަހުން މައުލޫމާތު ދިންގޮތުގައި، އެ ރަށުގައި ތިބި މީހުން ވަނީ ރޯވި އަލިފާންގަނޑު ނިއްވައިލައިފައެވެ. މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ދީފައެއް ނުވެއެވެ.