ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ހަތަރު ކެފޭއަކުން ފަސް ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގައި ހިމެނޭ ހަތަރު ކެފޭއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަށް ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިހައިތަނަށް 6000އަށްވުރެ ގިނަ ބިދޭސީން ވަނީ، އެ މީހުންގެ އަމިއްލަ ގައުމަށް އަނބުރާ ފޮނުވައިލައިފައެވެ.