ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމާ ގުޅިގެން އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 9:19ހާއިރު، ދަންޖެހެން އުޅުނު މީހާ، މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް 15:18 އެހައިކަންހާއިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުންދާކަމަށް ފުލުހުން ބުންޏެވެ.

