ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، ހަލީލު ތުރުކީއަށް ފުރާވަޑައިގަތީ ތުރުކީގެ ފޮރިން މިނިސްޓަރު، ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.
”ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް“ ގެ ޝިއާރުގެ ދަށުން އެ ފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ފޯރަމްގައި ”ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް“ ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގެން، އެ ފޯރަމުގައި ބައިވެރިވާ ރަހުމަތްތެރި ގައުމުތަކުގެ މިނިސްޓަރުންގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

