ލާމު ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ގަމާއި ފޮނަދޫއާ ދެމެދު ހަދައިފައި އޮންނަ ލިންކުރޯޑު ލަނބާލާ ސަރަހައްދުން ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓް ވެފައިވާ މައްސަލައެއް ރޭ ދަންވަރު 1:40 ގައި ރިޕޯޓުކޮށްފައިވާ ކަަމަށެވެ.
އަދި މި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 8:40 ގައި ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ އުމުރުން 35 އަހަރުގެ ނައުޒަމްއެވެ.
އޭނާ އަކީ މާންދޫގައި ބޯޓެއްގެ ކައްޕިއަކަށް މަސައްކަތްކުރާ މީހެކެވެ.

