އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ، އިންޑިއާގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފިރިހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަތް ވަނަ ދުވަހުގައެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް، ވެންޓިލޭޓަރުން ނަގައި، އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުން ނެގި ނަމަވެސް އޭގެ ފަހުންވެސް އޭނާއަށް ފަރުވާ ދެމުން އައީ އައިސީޔޫގައެވެ.
ފަހުން އިންޑިއާގައި އޭނާގެ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް ނިޔާވެފައިވަނީ ހާލަތަށް މާ ބޮޑު ކުރިއެރުންތަކެއް ނައިސްއެވެ.
އެހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހުނެވެ.
އަދި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ، މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.

