ހައުސިން އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު މުހައްމަދު އައްޔަންކޮށްފިއެވެ.
ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މިއަދު އެކަން ކަށަވަރު ކޮށްދީފައެވެ.
ތައާމް އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
އޭނާ އެ މަގާމަށް އައްޔަންކުރީ އެޗްޑީސީގެ ބޯޑު މެންބަރުގެ މިގާމުން މިދިޔަ ހަފުތާގައި ވަކިކުރި މުހައްމަދު ވަހީދުގެ ބަދަލުގައެވެ.
އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިއްބަވައެވެ.

