ސިނަމާލެ ބުރިޖުގެ ހައިވޭގައި މިއަދު ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެ، އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވީ، ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި، މާލެއިން ހުޅުމާލެއަށް ދާ ލޭނުން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށެވެ.

އެ އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 17:53ހާއިރެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން ހަ އަހަރުގެ ފިރިހެން ކުއްޖާއަށެވެ.

އެ ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަދި ދުއްވަން އިން މީހާއަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.