ހައިވޭގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ފިރިހެން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
އިއްޔެގެ މި އެކްސިޑެންޓު ހިނގީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ.
އެކްސިޑެންޓުވި ސައިކަލުގައި ހަ އަހަރުގެ ކުއްޖަކުވެސް އިނެވެ.
އެ ކުއްޖާއަށް ފަރުވާ ދޭން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އަދިވެސް އެ ކުއްޖާ ހޮސްޕިޓަލުން ދުލެއް ނުކުރެއެވެ.
ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުން ބުނި ނަމަވެސް އަނިޔާގެ ތަފުސީލުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.

