ހދ. މަކުނުދޫގައި 8 މަހުގެ ކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅި، ވަރަށް ބޮޑަށް ފިހިއްޖެއެވެ.

އިއްޔެ ހެނދުނު މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ ގަޔަށް ހޫނު ފެންޖަގެއް އެޅިގެންނެވެ. އިތުރު ފަރުވާއަށް އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

އާއިލާއިން ވަނީ އެ ކުއްޖާ ފިހިގެން މަކުނުދޫ ހެލްތު ސެންޓަރަށް ގެންދިޔުމުން އަމަލުކުރި ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ހާލަތަށް ވެސް ބެލުމެއް ނެތި އަދި ޑޮކްޓަރެއް ވެސް ނެތީސް ފިހުނު ތަންތަން ބެންޑޭޖު ކޮށްފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

މީގެއިތުރުން އެ ކުއްޖާ މާލެ ގެންނަން އާސަންދަ ވެސް ހަމަނުޖެހުނު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.