މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ފެނުނު އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ފުރާޅު މައްޗަށް ވެއްޓުނީ އުމުރުން 21 އަހަރުގެ އެ ޒުވާނެކެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި، އޭނާ ފެނުނީ އިއްޔެ ހެނދުނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ޓީމުގެ އެހީތެރިކަމާއެކުއެވެ.

އައިޖީއެމްއެޗުން ބައެއް މީޑިއާތަކަށް ބުނީ އޭނާއަށް މި ވަގުތު ފަރުވާދެމުންދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ވެސް ދީފައެއް ނުވެއެވެ.

ަ

ަ