އެއްބުރުން ރިޔާސީ އިންތިހާބު ނިންމުމަކީ އެންމެ ގާބިލު، އެކަށީގެންވާ މީހާ ވެރިކަމަށް އިންތިހާބު ކުރުމަށް ރައްޔިތުންނަށް ލިބޭނެ ފުރުސަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، އިންތިހާބުގެ އެއްބުރު ބޭއްވުމަކީ ވަގުތު ސަލާމަތް ކުރެވި، މާލީ ގޮތުން ވެސް ބުރަ ކުޑަވާނެ ގޮތެއް ކަމަށެވެ.

އެހެންވެ، މިއީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެއް ކަމަށާއި ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ނިޒާމީ ބަދަލުގެނައުމަކީ ދައުލަތުގެ މަތީ މަސްލަހަތު އެކަމުގައި އޮތްކަމެއް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ނިޒާމީ ބަދަލު ގެނައުމަކީ ދައުލަތުގެ މަތީ މަސްލަހަތު އެކަމުގައި އޮތްކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.