ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ށ. މިލަންދޫގައި ވެސް ފަށައިފިއެވެ.

އެ ރަށުގައި މި ހިދުމަތް ފަށާފައި ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

މި ސިޔާސަތުގެ ދަށުން، މިލަންދޫ ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން(އެންއާރް) އިން ބުންޏެެވެ.

މިލަންދޫގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ގާއިމުކޮށްފައިވާއިރު، އެ އަތޮޅުގައި ވެރިކަންކުރާ ރަށްކަމުގައިވާ ށ. ފުނަދޫގައިވެސް އައިޑީ ކާޑު ޕްރިންޓުކުރުމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

އެގޮތުން އަތޮޅު ކައުންސިލުން އައިޑީ ކާޑު ޕްރިންޓުކޮށް އެހެން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.