މާލޭގެ ކެފޭއެއްގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގެ މައްސަލަ މިއަދު މެންދުރު 15:28 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މަރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.