އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަވައި ތޯރިގު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރޮންގެ އަދަދު މިއަހަރުގެ ޖެނުއަރީ މަަހަށްވުރެ ފެބްރުއަރީ މަހު އިތުރުވެފައިވާ ކަމަށެވެ.
އަދި މާޗު މަހުގައި އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
“ ޕެޓާން ދައްކާ ގޮތުން ހަމަ ކޮންމެ މަހަކު ވެސް މައްޗަށް ދަނީ ހަމަ އިނގޭތޯ.“
އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިންޑިއަން އެއާލައިން އިންޑިގޯއާއެެކު ޖޮއިންޓް ޕްރޮމޯޝަން،އީ-ކޮމާސް ޕްލެޓްފޯމާއެކު ކެމްޕޭން ކުރުން، މީޑިއާ ފޭން ޓްރިފް، އަދި އިންޑިއާގެ ފަންނާނުން ލައްވައި ރާއްޖެ އިޝްތިހާރު ކުރުން ފަދަ ކަންކަން ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބޮލީވުޑްގެ ތަރިންނާއެކު ރާއްޖެ ޕްރޮމޯޓު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

