”ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ“ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ ދާދި ދެންމެ މިކަން ހާމަކުރައްވައިފައެވެ.

ދާއޫދު ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން، މުސާރަ ނުލިބޭ ގޮތަށް ސަސެންޑް ކުރެވިފައިކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުގައްމަދު މައުމޫން ވެސް އެ މަގާމުން މިއަދު ވަކިކުރައްވައިފައިވާ ކަމަށެވެ.

މި ދެމީހުން މަގާމުތަކުން ވަކިކޮށްފައިވާއިރު، ދާދިފަހުން ގެއެއްގެ ތެރޭގައި 9 ޒުވާނުން ޕާޓީކޮށް، މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

(ތަފްސީލު އަންނަނީ….)

ަ