މިދިޔަ ހުކުރު ދުވަހު މާލޭގެ ގެއެެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން، އެ ހާދިސާއާ ގުޅުންހުރި އެންމެންގެ ވަނަވަރު އާންމުކޮށް ޕާސްޕޯޓު ވެސް ހިފަހައްޓައިފިއެވެ.

ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހުކުރު ދުވަހު ވެއްޓިފައި ވަނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާއެވެ.

ޕޮލިސް ކޮމިޝަަނަރު އަލީ ޝުޖާއު ވިދާޅުވީ އޭނާ ވެއްޓިފައި އޮއްވައި ރިޕޯޓް ލިބުނީ ހުކުރު ދުވަހު 7:30 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނީ 8:00 ހާއިރު ކަމަށެވެ.

އަދި ވެއްޓިފައި އޮތީ ކާކުކަން ދެނެގަތުމަށް ވެސް ވަގުތުތަކަށް ހޭދަވި ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ވެއްޓުނު ޒުވާނާ އަށް ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އޭނާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާއިރު، އަދިވެސް ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

 

އެރޭ ޔުމްނާއާއެކު އުޅުނު މީހުންގެ ނަންތައް ތިރީގައި އެވަނީއެވެ:

 

* ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ

* އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

* އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

* ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ

* ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް

* އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު

* ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ

* އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދާނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓައި، ވެއްޓުނު ކުއްޖާއާއެކު އެންމެ ފަހުން އުޅުނު ރައުދު ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ވަނީ ޔުމްނު ވެއްޓުމުގެ ކުރިން ހިނގާފައިވާ ބައެއް ކަންކަމުގެ ވީޑިއޯ ފުޓޭޖު ވެސް ދައްކައިފައެވެ.