މ. މުލި އެއާޕޯޓުގެ މަސައްކަތް ނިންމައި އިއްޔެ ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ޓެސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖެއްސީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

އެ ފްލައިޓަށް މަރުހަބާ ކިއުމަށް ރައްޔިތުން ވަނީ ފަރިވަޅެއްވެސް އަރުވައިފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓު ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރުވެ.

މި އެއާޕޯޓަކީ 1.5 ކިލޯމީޓަރުގެ ރަންވޭއަކާއި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށްފައިވާ އެއާޕޯޓެކެވެ. އެއާޕޯޓަށް 36 ހެކްޓަރުގެ ބިން އެ ރަށުން ހިއްކާފައިވެ އެވެ.

މިއީ މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓެވެ. މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ފަހުތާގެ ދުވަހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި މަޝްރޫއުއަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއެވެ.