ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލު ކޮށްފިއެވެ.

Ads by Asuru

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރަޖިސްޓްރީ ބާތިލު ކުރީ، ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރުމުން ކަމުގައެވެެ.

ޓްރާންސްޕޯޓް މިނިސްޓްރީން ރަޖިސްޓްރީ ބާތިލު ކުރި އުޅަނދުތަކުގެ ތެރޭގައި ދެ ޕިކަޕެއްވެސް ހިމެނެއެވެ.

މި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެގެން ގޮސްފައިވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ހިމެނެއެވެ.

ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް މިނިސްޓްރީގެ އިއުލާންގައި އާންމުކޮށްފައިވެއެވެ.