މާލޭގައި ހުންނަ ކެފޭއަކަށް މީހަކު ވަދެ، އެތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލަ މިއަދު ހެނދުނު 08:56 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ކެފޭ އަށް ވަދެ، ފިރިހެނަކު ރެކެއްގެ ބިއްލޫރިގަނޑު ތަޅާލާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ.

