ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ

މިކަން ހާމަކޮށް، ކީރިތި ޤުރިއާނާ ބެހޭ މަރުކަޒުން ބުނީ އެފަދަ ދަފްތަރެއް އެކުލާވަލައި ބެލެހެއްޓުމަކީ އެ މަރުކަޒަށް ހަވާލުކޮށްފައިވާ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތައް ހިންގާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އެ ފުރުޞަތު އޮންނާނެއެވެ.

ރަޖިސްޓްރީވުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެކަމަށް ހާއްސަ ގޫގުލް ފޯމު ފުރުމެވެ.

ފޯމު ފުރުމަށްފަހު ހުށަހެޅުމުން ދަފުތަރުކުރެވޭ ކުލާސްތަކަށް އެމަރުކަޒުން ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.