ކުރިއަށް އޮތް ތިން ދުވަހު ވެސް، ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.

މެޓުން ބުނީ، މިހާރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފައިވާ ކަަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭވެހި ކަނޑުގަދަވެ މޫސުން ގޯސްވާނެކަމަށް ލާފާކުރެވޭކަމަށް ބުންޏެވެ.

އެ އިދާރާއިން ބުނިގޮތުގައި، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މެލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ.

އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.