ވިއްސާރަވެ، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން، މަގުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިގޮތުން، ފެން ހިންދުމުގެ އޮޕަރޭޝަން، މިރޭ 21:40 އިން ފެށިގެން ކުރިއަށްދާއިރު، މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ހަ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ.
އެ ސަރަހައްދުތަކަކީ ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، މާފަންނު ފެރީ ޓަރމިނަލް ސަރަހައްދު، ބޮޑުވަޅު ސަރަހައްދު، ދަރުބާރުގެ ސަރަހައްދު، އަދި ސަލްމާން މިސްކިތް ސަރަހައްދެވެ.
މީގެއިތުރުން، މާލޭގެ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.

