އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރޭޕު ކުރި މައްސަަލައެއް ފެންމަތިވެއްޖެއެވެ.

Ads by Asuru

ގޭންގަކުން ރޭޕު ކުރި އެ ފިރިހެން ކުއްޖާއަށް، ރޭޕް ކުރުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބި، އޭނާ އޮތީ ވަރަށް ހާލު ގޯސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުންނަކީ، އެ ކުއްޖާގެ ތިމާގެ ބައެއް ކަމަށާއި، އެމީހުން ދިރިއުޅެމުން ދިޔައީވެސް އެ ފިރިހެން ކުއްޖާ ދިރިއުޅޭ ގެއާ ކައިރީގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، އަދި ހައްޔަރު ކޮށްފައިވަނީ ދެ މީހެކެވެ. މިމަހުގެ 18 ވަނަ ދުވަހު ހިނގި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މިމަހުގެ 22 ވަނަ ދުވަހުއެވެ.