މެލޭޝިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަންވަރު އިބްރާހީމް ދެއްވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މެންދުރުގެ މި ފަރިއްކޮޅު ބާއްވަވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.
މިފަރިއްކޮޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއި، މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެެވެ.
ރައީސް މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

