އަޟްޙާ އީދު ދުވަހު، އުޟްޙިޔާ ކަތިލުމުގެ ގޮތުން އައްޑު ސިޓީ ކައުންސިލަށް 30 ބަކަރި ހޯދަން އެ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ސިޓީ ކައުންސިލުން ވަނީ 30 ބަކަރި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 6 ވަނަ ދުވަހާ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް، އިއްޔެ އެ ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.
އަދި ބީލަން ކެނޑުން އޮންނާނީ އަންނަ މަހުގެ 13 ވަނަދުވަހުގެ ހެނދުނު 10:00 ގައި ހިތަދޫގައި ހުންނަ އެ ކައުންސިލްގެ އިދާރާގައި ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.
އެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް އެ ކައުންސިލްގެ tender@adducity.gov.mv އަށް އީމެއިލް ކުރުމަށްވެސް އެދިފައިވެއެވެ.

