މާލެ ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުން ހުއްދަ ސަރަހައްދުތައް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ނެރުނު އިއުލާނުގައިވާގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައެވެ.
މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މީގެ ކުރިން ސުލްހަވެރި މުޒާހާރާތައް ކުރެވޭނީ އެންމެ ސަރަހައްދެއްކަމުގައި ވިޔަސް، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވާ ކަަމަށެވެ.
އެ ސަރަހައްދުތަކަކީ:
* ހެންވޭރު ކާނިވާ ސަރަހައްދު
* ރަސްފަންނު ސަރަހައްދު
* މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
* އުސްފަސްގަނޑު ސަރަހައްދު
ޒުވާން އަންހެންކުއްޖަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައިގައި، ޒުވާނުން މިހާރު ވެސް ދަނީ ސިލްސިލާ ގޮތެއްގައި އެއްވުންތައް ބާއްވަމުންނެވެ.

