”ބިންވެރިޔާ“ ސްކީމްގެ ދަށުން، ކުރީ ސަރުކާރުން ފަޅުން ދޫކުރި ގޯތިތައް ހިއްކައި، ހައްގުވެރިންނަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ގުޅީފަޅުން ވަރަށް އަވަހަށް ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ތާވަލު ކުރެވިފައިވާ ގޮތަށް، ޖުލައި މަހުގެ ނިޔަލަށް ނިމުމުން، ގޯތިތައް ދޫކުރެވިގެންދާނެ ކަމަށެވެ.

ރައީީސް އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހާއްސަ ކުރަނީ މާލެ ސަރަހައްދަށް އެކަނި ކަމުގައި ފާޑުކިޔާ ފަރާތްތަކުން ބުނި ނަމަވެސް، މުޅި ރާއްޖޭގެ އުތުރުން ދެކުނަށް އެކި ރަށްރަށުގައި ގެދޮރު އިމާރާާތް ކުރުމުގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގިނަ ރަށްތަކުގައި ފަށަން އަމާޒު ހިފައިފައިވާ ހައުސިން މަޝްރޫއުތައް ތިން އަހަރުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ ކަމަށެވެ.